agumagu



 

މިސައިޓަކީ

މިސައިޓުގެ ޚާއްސަ ކަމަކީ އެއްތަނަކުން އަގުތައް ބަލާލުމުގެ ފުރުސަތު ލިބުމެވެ. 

“އަގުމަގު” އިމާރާތް ކުރުމުގެ އަގު ހެދުމަށް މަގެއް ، މިހަރަކާތަކީ ސިވެންޖު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ޚަރަކާތެކެވެ. ސިވެންޖު ޕްރައިވެޓް ލިމިޓެޑް އަކީ ދިވެހިރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތުގައި 2006 ވަނައަހަރުން ފެށިގެން އިމާރާތްތަކުގެ ސްޓްރަކްޗަރު ނުވަތަ އޮނިގަނޑު ފަރުމާކުރުމާއި، އިމާރާތް ކުރަމުންދާ ތަންތަން ބަލަހައްޓައި، އިމާރާތްކުރުމުގައި ފެންވަރު ރަނގަޅަށް އިމާރާތްކުރުމަށް ލަފާ ދިނުމުގައި ހަރަކާތްތެރިވާ އިންޖިނޭރިންގ ކުންފުންޏެކެވެ.

މިސައިޓުގައި ހުންނަ ތަކެތީގެ އަގުތަކާއި ތަފްސީލު

މިވެބްސައިޓުގައި އިމާރާތްކުރުމާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭއިރު، އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތީގެ އަގާއި، މަސައްކަތުގެ އަގާއި، އަދި ކުއްޔަށް ހިފަންބޭނުންވާ ބައެއް ހަތިޔާރާއި މެޝިނުފަދަ ތަކެތީގެ އަގުތައް ގެނެސްދިނުމަކީ މުހިއްމު ކަމެއްކަމަށް އަޅުގަނޑުމެން ދެކެމެވެ. އެފަދަ މައުލޫމާތު ހޯދަނީ ފިހާރަފިހާރައަށް ގޮސްގެންނާއި، އޮންލައިންކޮށް އިންޓަރނެޓު މެދުވެރި ކޮށެވެ. ފިހާރައަށްގޮސް ތަކެތީގެ އަގު ބެލުމަށްފަހު އެތަކެތީގެ އަގާއެކު މިސައިޓަށް ލާފާއިހުންނަ ފޮޓޯއަކީ އަޅުގަނޑުމެން ނަގާފޮޓޯއެވެ. އެހެން ނަމަވެސް އޮންލައިންކޮށް އެއްޗެތި ވިއްކާ ފިހާރައަކުން އަޅުގަނޑުމެން ބަލާއަގު މިސައިޓަށް ލުމުގައި ބޭނުންކުރަނީ އެ ވިއްކާ ފަރާތުގެ ސީދާ މައުލޫމާތު، އަގާއި، ފޮޓޯ އާއި، އަދި އެހެނިހެން މައުލޫމާތުވެސް އެއްވެސް އުނިކަމެއް ނުގެނެސް މިސައިޓު މެދުވެރިކޮށް ކިއުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. އިމާރާތުގެ އަންދާސީ ހިސާބު ހެދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ތަކެތީގެ އަގު ލިބުމަކީ އެކަން ކުރުމަށް އިތުރު އެހީއެކެވެ..

މިސައިޓާ ބެހޭގޮތުން މައުލޫމާތު ހޯދަން ބޭނުންނަމަ info@civ-eng.net އަށް އީމެއިލް ކުރާށެވެ.